ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖެއް ރޭ ފަތިހު ނިޔާވުމާއި ހުޅުމާލޭގެ އިމާރާތަކުން ދެ އަހަރުގެ ކުއްޖަކު މިއަދު ވެއްޓި، ނިޔާވުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ކުދިން ނިޔާވި ހަބަރުން މުޅި ގައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިހުސާސްތަކެއް ކުރުވި ކަމަށެވެ. އަދި، މައުޞޫމް 2 ކުދިންގެ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު އާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމައު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ ފަތިހު އެވެ. އަދި ހުޅުމާލޭގެ ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ 12 ވަނަ ފްލޯއިން ވެއްޓިގެން ދެ އަހަރުގެ ކުއްޖަކު މިއަދު ހެނދުނު ވަނީ ނިޔާވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;