މި މަޝްވަރާތައް ކުރިއަށްގެންދެވީ އައި.ސީ.ސީ.ޑީގެ ސެކްރެޓަރީ ޖެނެރަލް، ޝައިހު ޔޫސުފް ހަސަން ހަލާވީ، ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ގާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިގްތިސޯދު ކުރިއެރުވުމާ ގުޅޭގޮތުން ކަމަށެވެ. އޭގެ ތެރޭގައި ހަލާލް ފަތުރުވެރިކަން ފުޅާކުރުން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، އަތުލިޔުމުން ލިޔެފައިވާ ކީރިތި ގުރްއާނުގެ މުސްހަފެއް، ސެކްރެޓަރީ ޖެނެރަލް ރައީސްއަށް ހަދިޔާކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;