ads
އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން
އެލްޖީއޭގެ ލިޔުމުން ހުއްދަނެތި ކައުންސިލްތަކަށް މުވައްޒަފުން ނުނަގަން އަންގައިފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ނޫނީ ކައުންސިލްތަަކަށް މުވައްޒަފުން ނަގައިގެން ނުވާނެކަމަށް އަންގައިފި އެވެ.
Advertisement

އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ކައުންސިލްތަކަށް ފޮނުވަމުން އަންނަ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ. 

އެލްޖީއޭގެ ސިޓީގައި ބުނީ ސިޓީގައިވާ ގޮތުން، ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށްވެސް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށެވެ. 

މީގެއިތުރުން ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫންވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ޖެހޭނީވެސް އޮތޯރިޓީގެ ހުއްދަ ހޯދައިގެން ކަމަށް ނިމާލް ސޮއިކޮށް ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީގައި ވެއެވެ. އަދި އެ ނިންމުމަށް މިމަހުގެ 1 ވަނަދުވަހުން ފެށިގެން އަމަލުކުރަމުން އަންނަން ޖެހޭނެކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;