ads
މަރިޔަމް އީމާ
އެންމެ ވިޝްއެއް ކުރާ ނަމަ އެދޭނީ ނޭޕާލްގެ ރައްޔިތުންނަށް އެހީވުމަށް: އީމާ
މިހާރު ކުރިއަށްދާ މިސް ވޯލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ބައިވެރިޔާ މަރިޔަމް އީމާ މުހައްމަދު (ނޮވް) އަށް އެންމެ ވިޝްއެއް ކުރަން ފުރުސަތު ލިބިއްޖެނަމަ، އެދޭނީ ކޮން ކަމަކަށްތޯ އެހުމުން، އޭނާގެ އެންމެ ބޮޑު އުންމީދަކީ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ ނޭޕާލްގެ ރައްޔިތުންނަށް އެހީވުން ކަމަށް ބުނެފި އެވެ.
Advertisement

އުމުރުން 23 އަހަރުގެ އީމާއަކީ މިސް ވޯލްޑްގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަރާތެވެ. އޭނާ މި މުބާރާތަށް ހޮވިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 3 ވަނަ ދުވަހުއެވެ. އިންޓަނޭޝަނަލް ފެންވަރުގައި ރާއްޖޭގެ ނަން ވިދާލުމަށް އީމާ މަސައްކަތްކުރަމުން އަންނައިރު، އޭނާ ދަނީ މި މުބާރާތުގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

އީމާގެ މި ހިތްގައިމު ޖަވާބު އަމާޒުކޮށްފައިވަނީ، މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއަށެވެ. ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސްގެން އައި ބޮޑު ފެންގަނޑުގެ ސަބަބުން ނޭޕާލްގެ އެކި ސަރަހައްދުތަކުން 1،050 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ހާސް ބައެއްގެ ގެދޮރާއި މުދާ ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން އީމާ ބުނީ "މިވަގުތު އަހަރެންގެ ހަމައެކަނި އެދުމަކީ ނޭޕާލްގެ ހުރިހާ ރައްޔިތުންނަށް އެހީތެރިކަން ލިބުން. އަދި އެމީހުންގެ ގެއްލިފައިވާ ލޯބިވާ މީހުން ފެނި، މި ހިތާމަވެރި ފެންބޮޑުވުމުގެ ކާރިސާއިން އަރައިގަނެވުން. މީގެ އިތުރުން ނޭޕާލްގެ މީހުންނަށް އަލުން އެމީހުންގެ އުފާވެރިކަން އަނބުރާ ލިބުމަކީ އަހަރެންގެ ވަރަށް ބޮޑު އުންމީދެއް،" ކަމަށެވެ.

ސައިކޮލޮޖީ ކިޔަވަމުންދާ އީމާއަކީ ތިމާވެށި ހިމާޔަތްކުރުމަށް ވެސް އަޑުއުފުލާ ޒުވާނެކެވެ. އޭނާގެ މި އޯގާތެރި ޖަވާބުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ދަނީ ލިބެމުންނެވެ. އީމާ ދަނީ މިހާރު ވެސް އިންޓަނޭޝަނަލް މައިދާނުގައި ރާއްޖެ ފަހުރުވެރިކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;