މިހާދިސާ ހިނގާ ދިޔަގޮތް ކިޔައިދެމުން އޭނާ ބުނީ، އޭނާގެ އުނަގަނޑުގެ ކަށިގަނޑާ ގުޅިފައިވާ ޓެންޑަންއަށް ގެއްލުންވެފައި ވަނިކޮށް، އަމިއްލައަށް ހިނގާފައި ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ވެސް ތިބީ ވަރަށް ބޮޑަށް ހައިރާންވިކަމަށެވެ.
މި އަނިޔާ ލިބުނު ގޮތް ކިޔައިދެމުން ރަޝްމިކާ ބުނީ، ފިލްމުގެ ލަވައެއް ޝޫޓުކުރަނިކޮށް އުނަގަނޑުން އަޑެއް ކީ ކަމަށެވެ. އަޑު އިވުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިހުސާސްކުރެވުނު ނަމަވެސް، ކަނާތް ފައި ނުނެގޭވަރު ވަންދެން މަސައްކަތް ނުހުއްޓައި އޭނާ ވަނީ ޝޫޓިން ކުރިއަށް ގެންގޮސްފަ އެވެ.
އޭގެ އަނެއް ދުވަހު އަމިއްލައަށް ހިނގާފައި ހޮސްޕިޓަލަށް ގޮސް ރަޝްމިކާ ވަނީ އެމްއާރުއައި ހަދާފައެވެ. އޭނާ ހޮސްޕިޓަލަށް ދިޔައިރު ހުރީ އުފާވެރި މޫނަކާއެކު ހިނިތުންވެފައި ކަމަށް ވުމުން، އެއީ އަނިޔާއެއް ލިބިގެން އައި މީހެއް ކަމަށް ޑޮކްޓަރުންނަށް ފުރަތަމަ ލަފާކުރެވިފައެއް ނުވެ އެވެ. އަދި އެހާ ބޮޑު އަނިޔާއަކާއެކު އަމިއްލައަށް ހިނގާފައި އައުމުން ޑޮކްޓަރުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ.
ރަޝްމިކާ ބުނި ގޮތުގައި، އޭނާއަށް ތަދު އިހުސާސްކުރެވޭ މިންވަރު އެހެން މީހުންނާ ތަފާތު ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މި ހާދިސާއަށް ފަހު، އަލުން މަސައްކަތަށް ނުކުންނައިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އަނިޔާއަށް ފަހު އަލުން މަސައްކަތަށް އެނބުރި ދިއުމަށް ހަފުތާއެއްގެ ތެރޭގައި ޑޮކްޓަރުން ހުއްދަ ދިން ނަމަވެސް، ރަޝްމިކާ ވަނީ އެއް ދުވަސް ތެރޭގައި ވެސް މަސައްކަތް ފަށަން މަސައްކަތްކޮށްފަ އެވެ. އެހެންނަމަވެސް، ފުރިހަމައަށް ރަނގަޅުވުމަށްޓަކައި އޭނާ ވަނީ މަހަކަށް ވުރެ ގިނަ ދުވަހުގެ ބްރޭކެއް ނަގާފައެވެ. މިހާރު އޭނާ ވަނީ އެކްޝަން ތްރިލާ 'މައިސާ' ގެ ޝޫޓިން އަނެއްކާވެސް ފަށާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;