ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހުމަދު ރިޔާޒް 23 އޮގަސްޓް 2026 އިން ފެށިގެން އައްޔަނުކުރައްވާފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ހާމަކޮށްފަ އެވެ.
އެޑިއުކޭޝަނަލް ސައިކޮލޮޖީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ރިޔާޒު ހިސާބު ޓީޗަރުކަމާއި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) ގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އެވެ.
ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ފިނޭންސް މިނިސްޓަރެވެ. އަދި ސްޓެޓިސްޓިކްސް ހިންގަވާނީ މިނިސްޓަރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ހަރުދަނާކޮށް، ޤައުމުގެ އިގުތިސާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު ބަޔާންކޮށްދޭ މުހިންމު ތަފާސްހިސާބު އެއްކޮށް، އެއްހަމައެއްގައި އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން އިއުލާންކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެއީ އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އައިޝަތު ހަސަންގެ ދައުރު ހަމަވާތީ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;