ads
ސްޓެލްކޯއިން އިސްނަގައިގެން ބޭއްވި "އެޗް.އާރް އިންސައިޓް" ފޯރަމް
ރާއްޖެ ޓީވީގެ ކޯލަކަށް ޖަވާބުދިން ސްޓެލްކޯގެ މުވައްޒަފަކު ސަސްޕެންޑް
ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ދެއްކި ވާހަކަތަކައި ގުޅިގެން މުވައްޒަފަކު މަގާމުން ސަސްޕެންޑްކޮށް މައްސަލަ ތަހުގީގުކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެރިކަންކުރާ ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމާއި ގުޅިގެން ރާއްޖެ ޓީވީ މިއަދު ވަނީ ލައިވް ޝޯއެއްގެ ތެރެއިން ސްޓެލްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ގުޅާފަ އެވެ.  

ރާއްޖެ ޓީވީގެ ޕްރެޒެންޓަރު އާމިރު އެ ކުއްޖާ ކައިރީގައި އަހަނީ ޕާޓީއަށް ވަނުމަށްފަހު ސްކްރީންޝޮޓް ފޮނުވަންވީ ކޮންތާކަށތޯ މި ސުވާލު އެވެ.  އެ ކޯލަށް ސްޓްލެކޯއިން އަންހެން ކުއްޖަކު ޖަވާބު ދޭ އަޑު އިވެއެވެ. 

"ސްޓެލްކޯ އެޗްއާރު ނަމްބަރަށް، ކުރިން އިންނާނެ ދޯ ތިކޮޅަށް މެސެޖުކޮށްލާފައި" އެ ކުއްޖާ ބުނާ އަޑު އިވެ އެވެ.

އޭގެ ފަހުން އާމިރު އަލުން ވަނީ ހަމަ ސްޓެލްކޯގެ އެ ނަމްބަރަށް ގުޅާފަ އެވެ. އަދި ރާއްޖެ ޓީވީއިންކަން ބުނެދިނުމަށްފަހު، ޕީއެންސީއަސް ސްޓެލްކޯ މުވައްޒަފުން ގަދަކަމުން ވައްދަމުން ދާކަމަށް ބުނެ އާމިރު ސުވާލުކުރެއެވެ. އެއާއި އެކު ކުރީގެ ކޯލަށްވެސް ޖަވާބު ދިން ކުއްޖާ މަޑުކޮށްލާށޭ ބުނުމަށްފަހު ފޯނު ކަނޑާލައެވެ.  

މިކަމާއި ގުޅިގެން ސްޓެލްކޯއިން  އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި މި ކުންފުނީގެ އެޗް.އާރް ޑިޕާޓްމަންޓަށް ގުޅިކަމަށް ބުނެ ދެކެވުނު ވާހަކަތަކާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. 

" މި ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ހިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ދެމިތިބުން. އަދި މި ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ޤައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާވެސްމެ. " އެކްސްގައި ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓުގައި ވެއެވެ.

ސްޓެލްކޯގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި އެ ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރެވެމުންދާނީ ޤައުމީ އަދި އިޖުތިމާއީ ވާޖިބުތައް އަދާކުރުމުގައިކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިމަހުގެ 15 އިން 18 އަށް ބާއްވާ ޕީއެންސީގެ ކޮންގްރެސްގެ މެމްބަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް އެޕާޓީން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން  70،000 މެމްބަރުން ހަމަވެފައިވާކަމަށް އެ ޕާޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;