ގައުމީ ބޭސް ކުންފުނިން ބުނީ މިފަހަރު ސޮއިކުރީ ޕާކިސްތާނުގެ ކުންފުންޏެއްކަމަށްވާ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ކަމަށެވެ.
މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކޮށް ބައިނަލްއަޤުވާމީ ސަޕްލަޔަރުންގެ ވިއުގަ ފުޅާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ބޭސް ހޯދަން އިތުބާރު ހުރި އިތުރު ސަޕްލަޔަރުން ލިބޭނެކަަމަށް ގައުމީ ބޭސް ކުންފުނިން ބުނެ އެވެ.
ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ހޯދުމަށް ސްޓޭޓް ފާމާއިން ވަނީ ޔޫރަޕްގެ އެންމެ މަޝްހޫރު އަދި ޔޫރަޕުގައި ބޭސް އުފައްދާ އެންމެ ބޮޑު ކުންފުނި އެސްޓްރާޒެނެކާ އާ އެކުވެސް ސޮއިކޮށްފަ އެވެ. އެ ކުންފުންޏަކީ ކޮވިޑް 19ގެ ބަލިން ސަލާމަތްވި ވެކްސިން އެންމެ ފުރަތަމަ އުފައްދާ ބާޒާރަށް ނެރުނު ކުންފުންޏެވެ.
ސަރުކާރުގެ ބޭސް ކުންފުނިން ވަނީ ކުރިން އެސްޓީއޯގެ ދަށުގައި ހުރި 1050 ބޭސް ފިހާރަ އެކުންފުނީގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭން ފަށާފަ އެވެ. އަދި އެކުންފުނިން މިހާރު ވަނީ ބޭސް ރާއްޖެ އެތެރެކުރަން ފަށާ އަސާސީ އެއްވެސް ބޭހެއް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;