މި މައްސަލައަކީ 2025 އޮކްޓޫބަރު 3 ގައި މާލޭގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވުމުން، ކުންފުނީގެ އެޗްއާރް ޕޮލިސީއާ ޚިލާފުވި ކަމަށް ބުނެ ސީނިއަރ ބިލްޑިންގ މެއިންޓެނެންސް އޮފިސަރެއްގެ މަގާމުގައި ހުރި މުވައްޒަފު ވަޒީފާއިން ވަކިކުރުމުން ހުށަހެޅި މައްސަލައެކެވެ.
ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމީ ކުންފުނީގެ އުސޫލާ ހިލާފުވުމުން އޭނާ ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއް އޮތުމުން، އަލުން ވަޒީފާ އިޢާދަކޮށްދޭކަށް ނުޖެހޭ ކަމަށެވެ. އެކަމަކު، ވަޒީފާއިން ވަކިކުރުމުގެ ކުރިން ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާތީ، އިޖުރާއީ އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ.
އެހެންކަމުން، އިޖުރާއީ އަދުލުވެރިކަން ފުރިހަމަކޮށްފައި ނުވާތީ، އެ މުވައްޒަފުގެ 1 މަސްދުވަހުގެ އަސާސީ މުސާރައިގެ ބަދަލެއްގެ ގޮތުގައި 7,750 ރުފިޔާ، ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދެއްކުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ އާރްޑީސީއަށް އަމުރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;