ads
ހުޅުމާލޭން ޑްރަގާއެކު ހައްޔަރުކުރި ދެ މީހަކު 12 އަހަރަށް ޖަލަށްލައި ޖޫރިމަނާކޮށްފި
ހުޅުމާލޭން ޑްރަގާއެކު ހައްޔަރުކުރި ދެ މީހަކު 12 އަހަރަށް ޖަލަށްލައި ޖޫރިމަނާކޮށްފި
ހުޅުމާލެ ފޭސް 2 އިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހަކު 12 އަހަރާއި 6 މަސްދުވަހަށް ޖަލަށްލައި، ކޮންމެ މީހަކު 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ދައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ ހުކުމް އައީ ހދ. ނޭކުރެންދޫ، ސާޒް، އިބްރާހީމް ރިސްފާން އާއި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީންގެ މައްޗަށެވެ. މި ދެ މީހުން ހައްޔަރުކުރީ ފްލެޓްތަކާއި އުޅަންދޫތައް ބަލައިފާސްކޮށް 968.6 ގުރާމުގެ މަސްތުވާތަކެތި ހޯދުމަށްފަހުއެވެ.

ޝަރީޢަތުގައި ދެ މީހުންވެސް ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދާފައިވާތީ، މި ކުށަށް އަންނަ އަސާސީ އަދަބު ކަމަށްވާ 25 އަހަރުގެ ޖަލު ހުކުމާއި 100,000 ރުފިޔާގެ ޖޫރިމަނާ ވަނީ ދެބައިކުޅައެއްބަޔަށް ލުއިކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;