ads
އަޙްމަދު ނާޞިރު
މިލަންދޫން ޑްރަގާއެކު އަތުލައިގަތް މީހާގެ މައްޗަށް ދައުވާކޮށްފި؛ ބަންދު ބަދަލެއް ނުކުރި
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ރަށު ނަފާ، އަޙްމަދު ނާޞިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލައި، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން މިލަންދޫ ކޯޓުން ނިންމައިފިއެވެ.
Advertisement

މިދިޔަ މެއި މަހު މިލަންދޫ ބަނދަރުމަތިން ނާޞިރު ހައްޔަރުކުރިއިރު، އޭނާގެ އަތުން 61.1205 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ޤާނޫނުގައިވާ ގޮތުން 4 ގްރާމަށްވުރެ އިތުރަށް ޑައިމޯފިން އަތުގައި ބެހެއްޓުމަކީ ޓްރެފިކްކުރުމުގެ ކުށަށްވާތީ، މި ކުށް ސާބިތުވެއްޖެނަމަ އޭނާއަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެއެވެ.

ނާޞިރުގެ ފަރާތުން ބަންދު މުރާޖަޢާކޮށްދިނުމަށް އެދުނު ނަމަވެސް، ކޯޓުން ނިންމީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނުރައްކާވެދާނެތީއާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ބަންދަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;