ads
އައިރާ ޕްރޮޖެކްޓް
އެންސިސްގެ "އައިރާ" އެޕާޓްމެންޓް ހަވާލުނުކޮށްގެން ޑރ. އާމިނަތު ޖަމީލަށް ބަދަލުދޭން ހުކުމްކޮށްފި
ހުޅުމާލޭގެ "އައިރާ" ޕްރޮޖެކްޓުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލް ބައްލަވައިގަތް ޕެންޓްހައުސް އެއްބަސްވި މުއްދަތުގައި ހަވާލުނުކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 92,500 އެމެރިކާ ޑޮލަރު ދެއްކުމަށާއި، ތަނުގެ ރަޖިސްޓްރީ ހަވާލުކުރެވެންދެން ކޮންމެ މަހަކު 2,500 ޑޮލަރު ދެމުންގެންދިއުމަށް އެންސިސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

2016 ވަނަ އަހަރު އިފްތިތާޙުކުރި މި މަޝްރޫޢުގެ ދަށުން 2022 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމާ އެންސިސްއިން ހިލާފުވުމުން ޑރ. އާމިނަތު ޖަމީލުގެ ފަރާތުން ކޯޓަށް ހުށަހެޅި މި މައްސަލައިގައި، އެންސިސްގެ ފަރާތުން ޖަވާބުދާރީވެފައި ނުވާތީ، ގާޒީ އާދަމް ޒާލިފް މި ހުކުމް ކުރެއްވީ އެ ކުންފުނީގެ ގައިރު ހާޒިރުގަ އެވެ.

ކޯޓުގެ ހުކުމުގައިވަނީ، ޑރ. އާމިނަތު ޖަމީލް ދިރިއުޅުއްވުމަށް އެހެން ތަނެއްގެ ކުލީގެ ގޮތުގައި މިހާތަނަށް ހަރަދުވި 92,500 ޑޮލަރު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށާއި، އެޕާޓްމެންޓް ހަވާލުނުކުރެވެނީސް އިތުރަށް ހިނގާ ކޮންމެ މަހަކަށް 2,500 ޑޮލަރު ދެމުންގެންދިއުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;