އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން
1- ތޯހިދުލް އިސްލާމް (35އ)
2- މޮނީރް ބެޕާރީ (37)
3- ޖަކިރް މުންޝި (46އ)
4- އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)
5- އެމް.ޑީ އުސްމާން (23އ)
6- މޮހައްމަދު ބަބްލޫ އަލީ (34އ)
7- އެމް.ޑީ ރައިހާން (32އ)
8- އަފްރަނުލް ހޮގް އާޝިކު (34އ)
9- މުޙައްމަދު ރަކިބް ހޮސެއިން (30އ)
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;