ads
ޖީ1 ހިއުމަނޮއިޑް ރޮބޮޓެއް
މި ރޮބަޓު ފާމަސީއެއްގެ ވަޒީފާ އަދާކުރަން ފަށައިފި
'ޖީ1' ހިއުމަނޮއިޑް ރޮބޮޓެއް ފާމަސީއެއްގައި މަސައްކަތްތައް ކުރަން ފަށައިފިއެވެ.
Advertisement

ހަމައެކަނި ސްޓޭޖުމަތީގައި ކުޅިވަރު ދައްކާލުމުގެ ބަދަލުގައި، މި ރޮބޮޓުން އަންނަނީ އިންސާނުންނާއެކު ހަރުގަނޑުތަކަށް މުދާ އެރުވުމާއި ފާމަސީގެ އާންމު އެހެނިހެން މަސައްކަތްތައް ވެސް ކުރަމުންނެވެ.

މި އަހަރުގެ އައިއެފްއޭ މައުރަޒުގައި 49 ގައުމަކުން 1،900 އަށް ވުރެ ގިނަ ބްރޭންޑުން ބައިވެރިވެފައިވާއިރު، މިއީ ރޮބޮޓިކްސް ދާއިރާ ކުރިއަރަމުން އަންނަ ބާރުމިން އަންގައިދޭ ކަމެކެވެ. މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކީ ޗައިނާގެ ކުންފުނިތަކެވެ. އަދި ފާއިތުވި އަހަރު ދުނިޔޭގެ މާކެޓަށް ނެރުނު 17،000 ހިއުމަނޮއިޑް ރޮބޮޓުގެ ގާތްގަނޑަކަށް 85 ޕަސަންޓު އުފައްދާފައިވަނީ ވެސް ޗައިނާއިންނެވެ.

ރޮބޮޓްތަކުގެ އިންޑަސްޓްރީ ބާރަށް ކުރިއަރަމުން އައި ނަމަވެސް، މިކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި އެހެން ކުންފުންޏަކުން އުފައްދާފައިވާ މަގުބޫލު ހިއުމަނޮއިޑް ރޮބޮޓެއްގައި ސެކިއުރިޓީގެ ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފައެވެ. 

މައުރަޒުތަކުގެ ސްޓޭޖުތަކުން ފެށިގެން ފިހާރަތަކާއި ފާމަސީތަކުގެ ހަގީގީ މަސައްކަތްތަކަށް ރޮބޮޓްތައް ނުކުންނަން ފެށުމާއެކު، އާންމު ވަޒީފާތަކަށް އޮތް ބިރު ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ފަސޭހައިން ވަދެވެން ހުންނަ އާންމު ވަޒީފާތަކަށް މީގެ ސަބަބުން ކުރާނެ އަސަރާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރޮބޮޓްތަކުގެ އެހީގައި މަސައްކަތްތައް އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމެކެވެ. މުވައްޒަފުންނާއި ކަމާބެހޭ ފަރާތްތަކުން މިފަދަ ބަދަލަކަށް ތައްޔާރުވެފައިވާ މިންވަރު ކަށަވަރުކުރުމަކީ ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު އެއް ކަމަށް ވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;