ފުލުހުން ބުނީ، މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:54 އެހައިކަންހާއިރު ކަމަށެވެ.
އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި ދެ ސައިކަލު ޖެހިގެންކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ދެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެ މީހުނަނާށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައިވެސް ހުޅުމާލޭގއި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައި ޒަހަމްވި 9 އަހަރުގެ ކުއްޖަކު ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;