ads
ފެނަކަގެ އާ އެމްޑީ މުވައްޒަފުންނާއި ބައްދަލުކުރުމުގެ ތެރެއިން
މުސާރަ ނަގައިގެން 107 މުވައްޒަފުން އަމިއްލައަށް ވަކިވެއްޖެ : ފެނަކަ
މުސާރަ ނަގައިގެން 107 މުވައްޒަފުން އަމިއްލައަށް ކުންފުނިން ވަކިވެފައިވާކަމަށް ފެނަކައިން ބުނެފި އެވެ.
Advertisement

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަދުކުރަން ނިންމާ، އަމިއްްލަައަށް ވަކިވާން އެދޭ މުވައްޒަފުންނަށް ހަތަރުމަހުގެ މުސާރަ އެއްކޮށް ދޭން އެކުންފުނިން ނިންމާ މުވައްްޒަފުންނަށް އެ ފުރުސަތު މިިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އެވެ. 

ފެނަކައިން ބުނީ އެ މުއްދަތުގެ ތެރޭގައި 108 މުވައްޒަފުން ވަކިވާން ހުށައެޅިކަމަށް މީގެ ކުރިން ފެނަކައިން ބުނެފައި ވެއެވެ. އޭގެތެރެއިން 107 މުވައްޒަފަކު މިހާތަނަށް ވަކިކޮށްފައިވާކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. 

ފެނަކަ އިން ބުނެފައިވަނީ ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި، އުސޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލީ މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ. އެހެންނަމަވެސް ވަކި ވި މުވައްޒަފުންނަށް މުސާރަ ނުދޭކެމަށް ބުނެ ވާހަކަ ދައްކަމުން އަންނަކަމަށައި އެއީ ހަގީގަތެއް ނޫންކަމަށް ފެނަކައިން ބުނެ އެވެ. 

އެގޮތުން ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ނިންމި މުވައްޒަފުންގެ އެއްބަސްވުން ހަދައި، އެ އެއްބަސްވުމާ އެއްގޮތަށް އެ މަސްތަކުގެ މުސާރަ ވެސް ދީ ނިންމާފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

" ނަމަވެސް މިކަމާ ގުޅިގެން ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން މީޑިއާގެ އެކި ތަންތަނުގައި ފަތުރަމުން ގެންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ކުންފުނިން އެކަށައަޅާ އުސޫލާ ހިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާގޮތަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" ފެނަކައި މީގެކުރިން ނެރުނު ބަޔާނުގައިވެ އެވެ.

ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 8000 އަރާކަމަށް އެ ކުންފުނިން ކރިން ބުނެފައިވާއިރު ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކުންފުންޏެވެ. ހާއްސަކޮށް، އިންތިހާބުތަކާ ދިމާކޮށް ސަރުކާރުތަކުން އެ ކުންފުންޏަށް މުވައްޒަފުން އިތުރުކުރާ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;