ads
އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕަށް ހުޅުވާލައިފި
އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހަދަން ހުޅުވާލައިފި އެވެ.
Advertisement

އެ ހޮސްޕިޓަލުން ބުނީ މި އިންޓާންޝިޕްގައި ބައިވެރިވާން އެދޭ ޑޮކްޓަރުން މި މަހުގެ 24 މުއްދަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެކަމަށް އެދޭ ކުދިން ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ނޭޝަަލް ހެލްތު ކެއާ އެކަޑެމީއަށް ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ. 

މި އިންޓާންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. 

އިންޓާންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

  1. މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
  3. ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވާސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހިމެނެއެވެ. 

ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްެރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަސްލު ގެންނަން ވާނެކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ. 

އިންޓާންންޝިޕް ޕްރޮގްރާމަށް ހޮވުމަށް ހަމަޖެހިފައިވަނީ 24 ކުދިންކަމަށާއި އެހެންނަމަވެސް ޝަރުތު ފުރިހަމަވާ 24 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްެރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ކުދިންނަށްކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ. 

ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑުގައި ވަނީ އިންޓާން ޑޮކްޓަރުންނަށް 10،000ރ. ގެ އެލަވަންސެއް ކަނޑައަޅައިފަ އެވެ. އެއާ އެއްގޮތަށް، ސަރުކާރު ހޮސްޕިޓަލުތަކުގައި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ވެސް އެ އެލަވަންސް ލިބޭނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;