އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސާވޭއެއް މިހާރު ފަށާފައިވާކަމަށް އެޗްޑީސީން ބުނެ އެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސާވޭގެ ތެރޭގައި ހިމެނޭކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
މި ސާވޭއިން ލިބޭ މައުލޫމާތަކީ އީ.އައި.އޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު އެހީއެއްކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދު ތަރައްޤީކުރުމަށް ނިންމާފައިވާ ދެބައި
މި މަޝްރޫއު ފުރިހަމަވެގެން ދިޔުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެެއްކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ހުލުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;