މި ހަރަކާތުގައި އެޕަލްގެ އެންމެ ފަހުގެ އައިފޯން މޮޑެލްތައް ތައާރަފުކުރުމަށް ހަމަޖެހިފައިވާއިރު، މުޅި ޓެކްނޮލޮޖީ ދާއިރާގެ ސަމާލުކަން މިވަގުތު ހުއްޓިފައިވަނީ އެ ކުންފުނިން ނެރުމަށް ތައްޔާރުވަމުންދާ އެކުންފުނިން ފުރަތަމަ ފަހަރަށް ނެރޭ ފަށްޖަހާލެވޭ (ފޯލްޑަބަލް) ފޯނަށެވެ.
އެޕަލްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 'ސަޕްރައިޒް އެންޑް ޝައިން' ހަރަކާތަކީ އެ ކުންފުނީގެ ތާރީހުގައި ވެސް ބޭއްވޭނެ އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓަށް ވެގެންދާނެއެވެ.
ޓެކްނޮލޮޖީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި އިވެންޓުގެ ނަމުން ވެސް އެޕަލްއިން ބޮޑު ހައިރާންކަމެއް ނުވަތަ 'ސަޕްރައިޒެއް' ގެނެސްދޭން އުޅޭކަން ހާމަވެގެންދެ އެވެ.
އެޕަލްގެ ފަރާތުން މި ހަރަކާތާ ގުޅޭގޮތުން ނެރެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އިވެންޓުގައި އެ ކުންފުނީގެ އެންމެ ފަހުގެ އައިފޯން 18 ޕްރޯއާއެކު، މުޅިން އަލަށް ނެރޭ ފަށް ޖަހާލެވޭ 'އައިފޯން އުލްޓްރާ' އާންމުންނަށް ދައްކާލާނެ އެވެ.
މާކެޓަށް ތިލަވެފައިވާ ތަފާތު ލީކުތަކަށް ނުވަތަ އެތެރޭގެ މައުލޫމާތުތަކަށް ބަލާއިރު، އެޕަލްގެ ފުރަތަމަ ފަށް ޖަހާލެވޭ ފްލެގްޝިޕް ފޯނު ކަމަށްވާ 'އައިފޯން އުލްޓްރާ'ގެ އަގު އުޅޭނީ 2,000 އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ. ދިވެހި ފައިސާއިން ބަލާނަމަ، މިއީ ގާތްގަނޑަކަށް 30,000 ރުފިޔާއަށްވުރެ މަތީ އަގެކެވެ. މިއީ މިހާތަނަށް އެޕަލްއިން ނެރޭ އައިފޯނަކަށް ކަނޑައަޅާނެ އެންމެ ބޮޑު އަގު ކަމަށްވާއިރު، މިއީ ޓެކްނޮލޮޖީ ބާޒާރުގައި ބޮޑު ބަހުސެއް އުފެދިގެން ގޮސްފައިވާ ކަމެކެވެ. 2,000 ޑޮލަރަށްވުރެ މަތީ އަގެއްގައި މި ފޯނު ނެރުމަށް ނިންމާފައިވަނީ، މިއީ އެޕަލްގެ އެންމެ ފުރަތަމަ ފޯލްޑަބަލް ޑިވައިސްއަށް ވުމުން ކަމަށް ބެލެވެ އެވެ.
މި ހަރަކާތުގައި 'އައިފޯން އުލްޓްރާ'ގެ އިތުރުން 'އައިފޯން 18 ޕްރޯ' ތައާރަފުކުރުމަށް ހަމަޖެހިފައިވުމަކީ، އެޕަލްއިން އެ ކުންފުނީގެ ޕްރޮޑަކްޓް ލައިންއަޕަށް ބޮޑު ބަދަލެއް ގެންނަކަން އަންގައިދޭ ކަމެކެވެ.
މި މަހު ނުވަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ 'ސަޕްރައިޒް އެންޑް ޝައިން' އިވެންޓުގައި އައިފޯން 18 ޕްރޯ އިއުލާނުކުރުމާއެކު، އައިފޯން އުލްޓްރާ ނެރުމުން، ކަސްޓަމަރުންނަށް އެންމެ ފަހުގެ އާންމު ޑިޒައިންގެ ފޯނާއި، މުޅިން ތަފާތު ފަތާލެވޭ ޑިޒައިންގެ ފޯނު އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެޕަލްގެ ތާރީޚުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ދުވަހަށް ވެގެންދާނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;