މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން އަންނަކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް އޭގެ ހިސާބުތަކެއް އާއްމެއް އަދި ނުކުރެ އެވެ. އެހެންނަމަވެސް އެ ބަލިން ރައްކާތެރި ވުމަށް އަޅަންވީ ފިޔަވަޅުތައް އެ އިދާރާއިން ވަނީ ކީޔާދީފަ އެވެ.
މި އަލާމަތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަަރަށް ދޭ
ބޭރަށް ހިންގުމާއި ހޮޑުލުމުގެ އެއްވެސް އަލާމާތެއް ފެންނަނަމަ ގިނަގިނައިން ލޮނު ޕެކެޓް، ސޫޕް ފަދަ ދިޔާ ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެއިތުރުން ފާހާނާ ކުރުމަށްފަހު ކާބޯތަކެތީގައި އަތްލުމުގެ ކުރިން އަތް ދޮވުމާއި ފާހާނާ ބޭނުން ކުރުމަށްފަހު ސެނިޓައިޒް ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އަދި ބަލީގެ އަލާމާތެއް ނުފެންނަތާ އެއްދުވަސް ވަންދެން ސްކޫލަށް ކުދިން ނުފޮނުވުމަށާއި ވަޒީފާއަށްވެސް ނުނިކުމެ މަޑުކުރަން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;