ފުރަތަމަ ފަހަރަށް ރާއްޖޭގައި ރޮބޮޓިކް އެހީގައި ކޮށްފައިވަނީ ކަކުލުހުޅު ބަދަލުކުރުމުގެ (ޓީ.ކޭ.އާރް) ދެ އޮޕަރޭޝަންކަމަށް އޭޑީކޭއިން ބުނެ އެވެ.
މި ސާޖަރީއަށްފަހު އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި ސީއީއޯ އަހްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިއްހީ ދާއިރާއަށް އިންވެސްޓްކުރުމަށާއި، ރާއްޖެއިން ލިބެންނެތް ހާއްސަ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހިތްވަރު ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށެވެ.
ރޮބޮޓިކް ސާޖަރީއަށް އޭޑީކޭއިން ކުރި އިންވެސްޓްމަންޓަކީ ޒަމާނީ ޓެކްނޮލޮޖީއާއި ތަޖުރިބާ ރާއްޖެއަށް ގެނެސް، ސިއްހީ ދާއިރާއިން ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ގައުމަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
ރާއްޖޭގެ ދެވޭ ސިއްހީ ހިދުމަތް ތަރައްގީ ކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ހޮސްޕިޓަލްތަކުގައިވެސް ޒަމާނީ ސިއްހީ ހިދުމަތްތައް އަންނަނީ ފަށަމުން ނެވެ. އެގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ރޮބޮޓިކް ސާޖަރީ ހެދުމަށް މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;