އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކުގައި ރެއިލިން ހަރުކޮށްދޭން ނިންމީ ހުޅުމާލޭގެ ފޭސް ދޭއްގެ ދެ އިމާރާތަކުން ދެ ކުއްޖެއް ވެއްޓި އެތަނުން އެއްކުއްޖެ ނިޔާވުމާއި ގުޅިގެންނެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރެއިލިން މަރާމާތުކުރުމަށް އެހީ ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މި މަސައްކަތުގެ ތެރެއިން ކުރިއަށްދާ އިންސްޕެކްޝަންގައި، އެޗްޑީސީގެ ޓީމުން ދަނީ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށް ހާލަތު ބަލަމުން އަންނަކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން މި ލިންކަށް https://forms.gle/Jh8awBRUrEpF3EVs7 ހުށައަޅަން އެޗްޑީސީން އެދެއެވެ.
އެޗްޑީސީން ބުނީ ރެއިލިން ހަރުކުރުމަށް އެހީއަށް އެދެން ހުޅުވާލުމުން އެއްދުވަސްތެރޭ 497 ފްލެޓަކުން އެކަމަށް އެދިފައިވާ ކަމަށެވެ. އަދި ރެއިލް ހަރުކުރުމުގައި ފުރަތަމަ އިސްކަންދޭނީ ނަފްސާނީ ބަލިތައް ހުންނަ މީހުންނާއި ކުދިން އުޅޭތަން ތަނަށްކަމަށް އެޗްޑީސީން ބުނެ އެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭ ފޭސް ދޭއްގެ އިމާރާތްތަކުން ކުދިން ވެއްޓުމުގެ ހަތަރު ހާދިސާއެއް ހިނގާފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;