ads
އެގްރޯ ނެޓް ކުންފުނި. އެކުންފުނި ހިންގުން ވަނީ ހުއްޓާލައިފައި
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުންޏާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރަން އުފައްދާފައިވާ އެގްރޯނެޓް އެކުގައި މަސައްކަތް ކުރަންފެށުމުން، ވަރަށް ގިނަ ފައިދާތައް ލިބޭނެ ކަމަށެވެ. އެގޮތުން ގެންނަން ނިންމި ބަދަލާ އެކު އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒު ހާސިލްކުރުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ވެސް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ވިއްކަން ޚާއްސަކޮށްގެން މާލޭގައި އަޅާ މާރުކޭޓް ބަލަހައްޓާނީ ވެސް މިފްކޯއިން ކަމަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި އެތަން ރަންކުރެވި، ވިޔަފާރިތަކާއި އާއްމުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި، ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ސަރުކާރުން ހަވާލުކުރަން ނުޖެހޭ ގޮތަށް އެ ތަން މިފްކޯއާ ހަވާލުކުރަނީ. އެ ތަން އަންނަ އަހަރުގެ ޑިސެމްބަރުމަހުގެ 10 އަށް ނިމޭނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

އެގްރޯނެޓް (އެގްރޯ ނެޝަނަލް ކޯޕަރޭޝަން) އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ، ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމާއި ބާޒާރަށް ނެރެދިނުމެވެ. މީގެއިތުރުން، ދަނޑުވެރިކަމުގެ ވިޔަފާރިއަށް ބޭނުންވާ ފަންނީ އަދި އިދާރީ ގާބިލްކަން ކުރިއެރުވުމަކީ އެ ކުންފުނީގެ މަގުސަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;