މި އިސްލާޙުތަކުގެ ދަށުން، 1 ލައްކަ ރުފިޔާއަށް ވުރެ ކުދި މައްސަލަތައް އަވަހަށް ހައްލުކުރުމަށް "ސްމޯލް ކްލެއިމްސް ކޯޓެއް" އުފެއްދެވުމަށާއި، ވިޔަފާރި މައްސަލަތަކަށް ހާއްސަކޮށްގެން ސިވިލް ކޯޓުގައި "ކޮމާޝަލް ޑިވިޜަނެއް" ނުވަތަ ވަކި ކޯޓެއް ގާއިމުކުރުމަށް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން، ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށާއި، ކޯޓުތަކަށް ދިމާވެފައިވާ އިމާރާތުގެ ދަތިތައް ހައްލުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;