އެމްޕީއެލްއިން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އުލިގަމަކީ ފެންވަރު ރަނގަޅު މެރިޓައިމް އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށްޓަކައި ތަޖުރިބާކާރު މާސްޓާ ޑިވެލޮޕަރެއް ނުވަތަ އޮޕަރޭޓަރެއް ހޯދުމެވެ. މިއީ އުތުރުގެ އިގުތިސާދު ސިންދަފާތުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުންނާއި އެ ކުންފުނިން ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއްކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މި މަޝްރޫއު އަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެމްޕީއެލާއި އުލިގަމު ކައުންސިލާ މެދު އެއްބަސްވުމެއްގައި ސޮއިކުރީ އޮގަސްޓް 1، 2024 ގަ އެވެ. އަދި އެކަމަށް ބޭނުންވާ ބިމުގެ އެއްބަސްވުމުގައި އެ ދެ ފަރާތުން ސޮއިކުރީ މިދިޔަ މަހުގެ 23 ގަ އެވެ.
އެމްޕީއެލުން ބުނެފައިޮވާ ގޮތުގައި ޔޮޓު މެރީނާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. އެ
ޔޮޓް މެރީނާގައި ގާތްގަނޑަކަށް 18 ޔޮޓުގެ ޖާގަ ހިމެނޭނެ ކަމަށާއި އެ ތަން ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަކީ އުންމީދެއް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނީ ޔޮޓް ތަރައްގީކޮށް ހިންގަން ހަވާލުވާ ހޮޓާ ނުވަތަ ބުޓީކް ރިސޯޓާއި، ރެސްޓޯރެންޓްތަކާއި، ފަޅުވެރިންނަށް ހާއްސަ ވަސީލަތްތަކާއި، ވޯޓަސްޕޯޓްސް އަދި ވެލްނެސް ފެސިލިޓީތައް ތަރައްގީ ކުރަން ޖެހޭނެ އެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ މަންޒިލް އިޝްތިހާރުކޮށް، ޗާޓަރު ކުރާ ކުންފުނިތަކާ ގުޅުން ގާއިމު ކުރުމަކީ ވެސް ޑިވެލޮޕަރުގެ ޒިންމާއެކެވެ.
އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެވެ. އެހެންވެ، އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްގީކޮށް އެ ހިދުމަތް ފުޅާކޮށް، އިގުތިސާދީ ނަފާ ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;