އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ބުނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް "ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދު" ގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަކުރަންޖެހޭ ކަމަށެވެ.
އެކަމަށް ދީފައިވާ އެންމެ ފަހު މުއްދަތު ހަމަވަނީ އޮކްޓޫބަރު 27 ވަނަ ދުވަހަށް ކަމަށް އެމްއެމްބީސީން ބުންޏެވެ.
ރާއްޖޭގައި ހިންގާ ނޫސްތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ ޔޫތު މިނިސްޓްރީގަ އެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން ވުޖޫދުވުމަށްފަހު އެ ޒިންމާ ހަވާލުވެފައި އޮންނަނީ އެ ކޮމިޝަނާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;