އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ލ. ފޮނަދޫގައި ބޭއްވި މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޖިސްޓްރޭޓުން އިސްނަންގަވައިގެން ޑްރާފްޓްކުރި މި އާ ގަވާއިދަށް ޢަމަލުކުރަން ފަށާނީ 1 އޮކްޓޫބަރު 2026 ގައެވެ. މި ގަވައިދާއެކު، ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގައި މައްސަލަ ރަޖިސްޓަރީކުރުމާއި، ޝަރީއަތުގެ އިޖުރާއާތުތަކާއި ފީތައް އެއް އުސޫލަކުން ކުރިއަށް ގެންދެވޭނެއެވެ.
މި ގަވާއިދަށް އަހުލުވެރިކުރުމަށް ބޭއްވި 14 ސެޝަނެއްގައި ޝަރުޢީ ދާއިރާގެ 1,100 އަށްވުރެ ގިނަ މުވައްޒަފުންނާއި ފަނޑިޔާރުން ވަނީ ބައިވެރިވެފައެވެ.
އުއްތަމަ ފަނޑިޔާރު ވަނީ އާ ގަވާއިދާއެކު އޮކްޓޫބަރު 1 އިން ފެށިގެން ކޯޓުތަކުން އިންސާފުވެރިކަމާއި، ހަލުވިކަމާއި، އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;