ބިލެތްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ކައުންސިލްގެ އެ ނިންމުމަށް އަމަލުކުރަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ބިލެތްދޫ ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ ރަށްވެހިކަމުން ވަކިވާ ކޮންމެ މީހެއްގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށެވެ. އަދި އެހެން ރަށެއްގެ ދަފްތަރުން ވަކިވެގެން ބިލެތްދޫގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ކޮންމެ މީހަކަށް 2500 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.
ބައެއް ރަށްތަކުގެ އާބާދީ މަދުވަމުންދާތީ އެފަދަ ރަށްރަށުގެ ދަފްތަރުން އުނިކުރުމަށް ހުށަހަޅާއިރު ފީއެއް ނެގުމަކީ މިހާރަކަށް އައިސް ބައެއް ކައުންސިލުންތަކުން އަމަލުކުރަމުންދާ އުސޫލެކެވެ.
ބިލެތްދޫއަކީ ރަށްވެހިކަން ދޫކޮށްލާއިރު ފީއެއް ދައްކަން ޖެހޭ ގޮތަށް ކަނޑައެޅި ތިންވަނަ ރަށެވެ. ޅ. ހިންނަވަރު ރަށު ކައުންސިލުންނާއި ގދ. ތިނަދޫގެ ސިޓީ ކައުންސިލުން ވެސް ފީއެއް ނަގާ ގޮތަށް އަމަލުކުރަމުންނެވެ.
ހިންނަވަރު ކައުންސިލުން މިދިޔަ މަހު ނިންމީ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 2،000ރ.ގެ ފީއެއް ނެގުމަށެވެ. މިދިޔަ އަަހަރު ތިނަދޫގެ ސިޓީ ކައުންސިލުން ވަނީ 5،000ރ.ގެ ފީއެއް ނެގުމަށް ނިންމައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;