މަރުކަޒީ ބޭންކުން ބުނި ގޮތުގައި ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޭންކުތަކުން ފައިސާ އުފުލައި ބެލެހެއްޓުމުގައި ބޭނުންވާ ސެކިއުރިޓީ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެއްސުމަށް ބޮޑު ޖާގައެއް ބޭނުންވާތީ އެވެ.
މި ޕްރޮޖެކްޓުގެ 85-90 ޕަސެންޓް ފައިނޭންސް ހަމަޖައްސަން ޖެހޭނީ ކޮންޓްރެކްޓަރެވެ. އަދި ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ފައިސާ ހަމަޖައްސައިދޭނީ އެމްއެންއޭއިންނެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުމަށް ވެސް އެދިފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;