ވައިގެ އުދުންހުންތަކުގެ މައުލޫމާތު ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން ބުނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ މާކެޓަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މަންތާއެއާ އާއި ވިލާ އެއާގެ އޭޓީއާރު އޮޕަރޭޝަންތައް މަދުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މަންތާއިން އޭޓީއާރު 72 މަރުކާގެ ބޯޓުތަކުގެ ދަތުރުތައް މަދުކޮށް، ސީޕްލޭން އޮޕަރޭޝަން ފުޅާ ކުރުމަށް އިސްކަން ދީ އެކަން ކުރަމުން އަންނަކަމަށް "އޭވިއޭޓާސް މޯލްޑިވްސް" ބުނެ އެވެ.
މީގެ އިތުރުން، ވިލާ އެއާގެ ފްލީޓްވެސް މިހާރު ވަނީ އެންމެ އޭޓީއާރު ބޯޓަކަށް މަދުކޮށްފައިކަމަށް "އޭވިއޭޓާސް މޯލްޑިވްސް" އިން ބުނެ އެވެ. ސަބަބެއްކަމަށް ބުނީ ރާއްޖޭގައި ގިނަ އަދަދެއްގެ އެތެރޭގެ އެއާޕޯޓުތައް ހުރި ނަމަވެސް، ޓާބޯ ޕްރޮޕް ބޯޓުތައް ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކުރުމަށް ގޮންޖެހުންތަކާއި ކުރިމަތި ވުމެވެ.
އޭގެތެރޭގައި ދަތުރުތަކަށް އޮންނަ ޑިމާންޑް ކުޑަވުމާއި، އޮޕަރޭޝަނަލް އަދި މެއިންޓަނަންސް ހަރަދުތަކާއި ތެލުގެ އަގު ބޮޑުވުން ވަނި ފާހަގަކޮށްފަ އެވެ. މި ބަދަލުތަކުގެ ސަބަބުން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާތަކަށް އަސަރުކުރާނެކަމަށްވެސް "އޭވިއޭޓާސް މޯލްޑިވްސް" އިން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;