ads
އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީގެ ކޮންގެރެސް އަންނަމަހު 1 ގައި ފަށަނީ، އިންވެސްޓް ފޯރަމެއްވެސް އޮވޭ
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކޮންގެރެސް އަންނަމަހު 1 ގައި ފަށާ ދިން ދުވަހަށް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
Advertisement

އެމްޑީޕީގެ ކޮންގްރެސް ފުރަތަމަ ފާސްކުރީ ކޮންގުރެސް މިމަހުގެ 19 ގައި ބާއްވާށެވެ. 

އެހެންނަމަވެސް އެ ތާރީހު ބަދަލުކޮށް މިހާރު ކޮންގެރެސް ބާއްވަން ނިންމާފައިވަނީ އަންނަމަހުގެ އެކަކުން ތިންވަނަ ދުވަހުގެ ނިޔަލަށްކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބު މުހައްމަދު ޝިފާޒް މިއަދު ވިދާޅުވި އެވެ. 

ކޮންގްރެސްގެ ތެރެއިން އިންވެސްޓްމަންޓް ފޯރަމެއް އޮންނާނަކަމަށް ހާމަކުރައްވަމުން ޝިފާޒު ވިދާޅުވީ އެ ފޯރަމްގައި ބާއްވަނީ ކައުންސިލްތަކުން އެ ރަށެއްގައި ހިންގާނޭ މަޝްރޫއުތަކެއް ކަނޑައަޅާފައި އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދާފައި އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ޕާޓީމން ހޯދައިދޭން ކަމަށެވެ. 

އެ ގޮތުން އިންވެސްޓްމެންޓް ފޯރަމެއް ބާއްވަން ނިންމީ ރާއްޖޭގެ ކައުންސިލްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި އިންވެސްޓްމެންޓް ފޯރަމަށް ހުށަހެޅުމަށްޓަކައި މިހާރު ވެސް 74 ޕްރޮޖެކްޓު އެމްޑީޕީގެ ސެކްރެޓޭރިއެޓާއި ހިއްސާކޮށްފައިވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"މި އިންވެސްޓްމެންޓް ފޯރަމުގައި އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އަދި، ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންގެ މެދުގައި ރާއްޖޭގެ ކައުންސިލްތަކުން ހިންގަން މި ގަސްދުކުރާ ޕްރޮޖެކްޓުތަކަށް އެ ބޭފުޅުންގެ ޝައުގުވެރިކަން ހުރި މިންވަރަކާއި އެ ބޭފުޅުންގެ ބައިވެރިވުމެއް ލިބޭނެ ގޮތަށް އެކަންކަން ކުރިއަށް ގެންދިޔުމަށް،" ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ. ވެރިކަންކުރާ ޕީއެންސީން އެޕާޓީގެ ކޮންގެރެސް މި މަހުގެ 15 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;