މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ރިސޯޓް ހިންގާ ފަރާތްތަކުގެ ތެރެއިން 94 އިންސައްތަ ފަރާތްތަކީ ގާނޫނާއި ގައވިދަށް އަމަލުކުރަމުން އަންނަ ފަރާތްތައްކަމަށެވެ. އެގޮތުން ބަރަާބަރަށް ކުއްޔާ ޓެކްސްތައް އެފަރާތްތަކުން މިރާއަށް ދައްކަމުން އަންނަކަމަށް މިނިސްޓަރު އަމީން ވިދަޅުވި އެވެ.އެހެން ނަމަވެސް މަދު ފަރާތްތަކުން ކުއްލި ނުދައްކާއިރު އެ އަދަދުތައް ހުރީ 90 މިލިއަން ޑޮލަރަށް ވުރެ މަތީގައިކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދަޅުވީ ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާއި އެއްގޮތަށް ރިސޯޓްތަކުގެ ކުއްޔާ ޖޫރިމަނާތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެކަމުގައި ވަރަށް ރަނގަޅު ކުރިއެރުންތަކެއްވެސް ލިބެމުން އަންނަކަން މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ.
ދީފައިވާ ޓައިމްލައިންތަކުގައި ފައިސާ ނުދައްކައިފިނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ރިސޯޓެއް ތަރައްގީޖުރަން ދިން މުއްދަތުގައި އެތަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް ނުނިމިއްޖެނަމަ އެތަން ދިން މުއްދަތު އިރުކޮށްދެވޭނީ ދައުލަތަށް 100,000 ޑޮލަރު ދެއްކުމުން ކަނޑައަޅާ ގަވައިދު މިއަދު ވަނީ އާއްމުކޮށްފަ އެވެ.
މިއަދު އާއްމުކުރި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުފައި ވާގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ޓަކައި ވެފައިވާ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ތަރައްޤީކޮށް ހިދުމަތްދޭން ފަށާނެކަމަށް ކަނޑައަޅައިފައިވާ ގްރޭސް ޕީރިއަޑުގައި ތަން ތަރައްޤީކޮށް ނިންމައ،ި އެ ތަނެއް ހުޅުވައިފައިނުވާ ނަމަ ކަނޑައަޅާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީނ،ް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދިނުމުގެ އިހުތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;