މި މައްސަލާގައި ހުކުމްކޮށްފައިވަނީ ގ. ޕެލިކަން ކިޔާ ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް ނާޒިމްގެ މައްޗަށެވެ.
ގ. ޕެލިކަން ކިޔާ ގޭގައި ކުއްޔަށް ދީފައި ހުރި ތަނަނުން ޑްރަގު ފެނުނު މައްސަލާގައި އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ވަނީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަށް ނުވަތަ ޕެޑްލް ކުރުމަށް ނުވަތަ ބޭނުން ކުރުމަށް ނުވަތަ އުފެއްދުމަށް އެއިން ކަމެއް ކުރާކަން ގަބޫލުކުރެވޭ ހާލަތުގައި، އެތަނެއްގެ ވެރިފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަ ކުރުމުގެ ދައުވާ އުފުލާފަ އެވެ.
މި މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުމުގައި ވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ގޭގައި ކުއްޔަށް ދީފައި ހުރި ތަނުގައި ޑްރަގު ބޭނުންކޮށް، ޑްރަގުގެ ވިޔަފާރިކުރާތީ އެތަން އެކި ފަހަރު މަތިން ބަލާ ފާސްކޮށްފައިކަމަށެވެ. އަދި އެކަން ގޭގެ ވެރިފަރާތައް ފުލުހުން އެންގިކަމަށްވެސް ހުކުމުގައި ވެއެވެ.
އެތަން ކުއްޔަށް ދީފައިވަނީ އެހެން ބަޔަކަށްކަމަށް އެމީހާ ބުނިކަމަށާއި އެހެންނަމަވެސް ކުށުގެ އަމަލުތައް ހިންގާކަން ފުލުހުން ތަކުރާރުކޮށް އެންގުމުން ވެސް ކުލީގެ އެއްބަސްވުން އޭނާ ދަމަހައްޓާފައިވާކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން އެއީ އޭނާ އެ ކުށުގެ އަމަލު ހިންގުމަށް ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހެޭކަމަށްވެސް ހުކުމުގައި ވެއެވެ.
އެހެންކަމުން އެއީ އެ ތަނުގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގާކަން އެނގި ހުރެ އެކަން ކުރަން އޭނާ ހުއްދަ ދީނީކަން ސާބިތުވާކަމަށް ކަނޑައަޅާ އޭނާ 10 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;