ads
ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ބައެއް ބައިވެރީން
އެއްވަނައަށް 75000ރ ލިބޭ ޤައުމީ މުބާރާތް ޤުރުއާން ފަށައިފި
އެއްވަނައަށް 75000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ގުރުއާމް ކިޔެވުމުގެ ޤައުމީ މުބާރާތް ފަށައިފި އެވެ.
Advertisement

379 ދަރިވަރުންނާއެކު ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި އެވެ. 

މި މުބާރާތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އެވެ.

މިދިޔަ އަހަރުގެ މުބާރާތެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތްވެސް ކުރިއަށްގެންދަވަނީ 3 ބުރަކަށް ބަހާލައިގެން ނެވެ. މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި މި މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްގެންގޮސްފައިވަނީ، މި އަހަރުގެ ޖޫން މަހާއި ޖުލައި މަހުގައެވެ. މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު ސެމީ ފައިނަލަށް ދިޔައީ 379 ބައިވެރީންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި މުބާރާތުގެ ފައިނަލަސް ދަތުރުކުރާނީ އޭގެތެރެއިން 150 ބައިވެރިންކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. މިބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ބުރުގެ ކިޔެވުންތައް އޮންނާނީ މާލޭގަ އެވެ. 

މުބާރާތުގެ ކިޔެވުން އޮންނަ ދުވަސްތައް

  • ސެމީ ފައިނަލް : ސެޕްޓެންބަރު މަހުގެ 11 އިން 14 ގެ ނިޔަލަށް 
  • ފައިނަލް: ސެޕްޓެންބަރު މަހުގެ 16 އިން 17 ގެ ނިޔަލަށް.

ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ. 

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަށާއި، ޤައުމީ މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވެއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުބާރާތުން ހާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ލިބޭ ފަރާތަކަށް 75,000.ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;