ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފޭރުނު ގްރޫޕެއްގެ މައްޗަށް ހުކުމް ކޮށްފި
މާލޭ މަގުމަތިން މީހެއްގެ އަތުން ސައިކަލަކާއި، އައިފޯނަކާއި 5,300 ޑޮލަރުގެ ޗެކެއް ފޭރުނު އައްޑޫ ހިތަދޫ 3 މީހަކު ކުރިމިނަލް ކޯޓުން ޖޫރިމަނާކޮށްފި އެވެ.
Advertisement

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ސ. ހިތަދޫ، އެބީވިލާ، އަލީ އަކުރަމް އާއި، ސ. ހިތަދޫ، ފާނަވިލާގެ، ހަސަން އަލީމް ޒުހުރީގެ އިތުރުން ސ. ހިތަދޫ، ގުލްބަކާގެ، މުހައްމަދު ނާޒިޝް ނާޒިމްގެ މައްޗަށެވެ.

އެ ތިން މީހުންވަނީ، މަގުމަތިން ސައިކަލެއްގައި ދިޔަ މީހަކު މަޑުކުރުމުން އިންޒާރުދީ، އޭނާގެ ސައިކަލާއި، ފޯނު އަދި ޑޮލަރު ޗެކް ފޭރުނީ އެވެ.

ތިން މީހުން ކުށަށް އިއުތިރާފުވެ، ތަކެތި އަނބުރާ ދީފައިވާތީ، ޖަލު ޙުކުމް ވަނީ 44,600 ރުފިޔާއާއި 66,200 ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާއަށް ބަދަލުކޮށްފަ އެވެ. ބަންދުގެ މުއްދަތު އުނިކުރުމުން، މިހާރު ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;