މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗު) ސްކީމުގެ ދަށުން މި މަޝްރޫއުތައް ހިންގާނީ އެ ސްކީމަށް ހާއްސަ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރާ 364 ޔުނިޓުގެ ތެރެއިން 182 ޔުނިޓުގެ އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން މާލޭ ސިޓީގައި މިވަގުތު 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުން އެބަދެ އެވެ.
މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބެންކުން ބުނެ އެވެ.
ބީއެމްއެލްގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ ވަޒީރުންގެ މަޖިލީހުން ނިންމެވި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުންނެވެ.