ads
ލަންކާގައި އަތުބޮމަކުން ހަމަލާދިން ސަރަހައްދު
ލަންކާގައި ދިވެހިން އުޅޭ ދެހިވަލާގައި ގެޔަކަށް އަތުބޮމަކުން ހަމަލާދީ ދެކުދިން މަރާލައިފި
ލަންކާގައި ދެހިވަލާގައި ހުންނަ ގެޔަކަށް އަތުބޮމަކުން ހަމަލާދީ ދެކުދިން މަރާލައިފި އެވެ.
Advertisement

ގިނަ އަދަދެއްގެ ދިވެހިންވެސް އުލެމުން އަންނަ ދެހިވަލާގެ ގެޔަކަށް ބަޔަކު މީހުން ހަމަލާދީފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. 

ލަންކާގެ ނޫސްތަކުން ބުނާގޮތުގައި މި ހަމާލާދީފައިވަނީ ދެހިވަލާގެ ކަވްޑާނާގެ ސިރީސަންގަބޯ މަގުގައި ހުންނަ ގެއަކަށެވެ. މި ހަމަލާގައި މަރުވި ދެ ފިރިހެން ކުދިންކަމަށާއި އެއްބަޑު އެއްބަފާ މި ކުދިންގެ އުމަރަކީ 11 އަހަރާއި 17 އަހަރުކަމަށް ލަންކާގެ ފުލުހުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

މީގެތެރެއިން  11 އަހަރުގެ ކުއްޖާ މަރުވީ ކަލުބޯވިލާ ޓީޗިން ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ފަހުން ކަމަށާއި، 17 އަހަރުގެ ކުއްޖާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށްކަމަށްވެސް ނޫސްތަކުން ބުނެ އެވެ. 

މީގެއިތުރުން މި ދެކުދިންގެ ބައްޕައާއި ިތުރު ދެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަކަމަށްވެސް ލަންކާ ނޫސްތަކުން ބުނެ އެވެ. ފަރުވާދެމުން އަންނަ މި ދެކުދިންގެ ބައްޕަގެ އުމަރަކީ 55 އަހަރު އެވެ. 

މި ހަމަލާދީފައިވަނީ ކުރޮޅިއެއްގައި އައައި ބަޔަކު ކަމަށް ލަންކާ ފުލުހުން ބުނެ އެވެ. އެނގިފައިވާ ގޮތުގައި މި ހަމަލާދިން ސަރަހައްދުގައި ދިވެހިންވެސް އުޅެމުން އާދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;