އިންޓަވިއުއެއްގައި ވާހަކަދައްކަމުން އަބީޝެކް ވަނީ، އައިޝްވަރިޔާއާ ކައިވެނިކުރި ފަހުން އޭނާގެ ޒާތީ އަދި ފަންނީ ހަޔާތަށް އައި ހެޔޮ ބަދަލުތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
އަބީޝެކް ބުނި ގޮތުގައި އައިޝްވަރިޔާއަކީ އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑު ހަމަޖެހުމަކާއި އަމާންކަމެއް ގެނެސްދިން ބައިވެރިއެކެވެ. މީގެ ކުރިން އަމިއްލަ ނަފްސަށް ދުވަހަކުވެސް ނުލިބޭ ފަދަ ވަރުގަދަ އިތުބާރެއް ހޯދައިދިނީ އައިޝްވަރިޔާ ކަމަށާއި، އޭނާގެ އެހީތެރިކަމާ އެކު އަމިއްލަ ކަންކަން ނިންމުމުގައި ކުރިއަށްވުރެ ބޮޑަށް ސާބިތުވެ ހުންނަން ދަސްވި ކަމަށް އަބީޝެކް ފާހަގަކުރިއެވެ.
މީގެ އިތުރުން ފިލްމީ ދުނިޔޭގެ މަޝްހޫރުކަމާއި މީޑިއާގެ ސަމާލުކަމުގެ ތެރޭގައި އުޅޭއިރު ވެސް، ހަމަބިމުގައި ފައިތިލަ ސާބިތުކޮށްގެން އާދައިގެ މީހެއްގެ ގޮތުގައި ދިރިއުޅެން ދަސްކޮށްދިނީ ވެސް އައިޝްވަރިޔާ ކަމަށް އޭނާ ބުންޏެވެ. ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ބޮޑާނުވެ، އާއިލާއަށާއި އަމިއްލަ ދިރިއުޅުމަށް އިސްކަންދޭން އައިޝްވަރިޔާ އަބަދުވެސް ނަސޭހަތްތެރިވާ ކަމަށް އަބީޝެކް ވަނީ ބުނެފަ އެވެ.
އަބީޝެކް އާއި އައިޝްވަރިޔާގެ ކައިވެންޏާ ގުޅުވައިގެން ސޯޝަލް މީޑިއާގައްޔާއި ހަބަރުތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް، އަބީޝެކްގެ މި ވާހަކަކޮޅުން ދައްކުވައިދެނީ އެ ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް ވަރަށް ބަދަހިކަމެވެ. މި ވާހަކަތަކާ އެކު ދެ ތަރިންގެ ފޭނުން އަންނަނީ ދެމީހުންގެ ގުޅުމަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;