ސޯޝަލް މީޑިއާގައި މިރޭ އާންމުކުރި ބަޔާނެއްގައި އޭނާ ވަނީ، ބައެއް ނޫސްތަކުން މިފަދަ ހަބަރެއް ފެތުރުމަކީ އޭނާގެ އަގު ވައްޓާލުމަށްޓަކައި ހިންގި ވަރަށް ހުތުރު އަމަލެއް ކަމަށް ސިފަކޮށްފައެވެ.
މަދަދާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުން މިފަދަ ވާހަކައެއް ޝާއިއުކުރިއިރު، އެއީ ހަބަރެއްގެ އަސާސީ އެއްވެސް މިންގަނޑަކަށް ފެތޭ ކަމެއް ނޫނެވެ. އާންމު ރައްޔިތުންގެ އަބުރާ ގުޅުވައިގެން ބަޔަކު ދައްކާ ތޯތޯ ވާހަކަތަކަކީ ޝާއިއުކުރަން ހެޔޮވާވަރުގެ ކަންކަން ނޫން ކަމަށާއި، މި ވާހަކަތަކުގައި ކުޑަވެސް އަސްލެއް ނެތް ކަމަށް ވެސް އޭނާ ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން އޭނާ ބުނީ، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އޭނާގެ އަގު ވައްޓާލަން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދައިގެން ދައުރުކުރި ފޮޓޯތަކަކާއި ވީޑިއޯތަކެއް ކަމަށެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި އަލުން ފަތުރަމުން އެ ދަނީ ވެސް އެ ތަކެތި ކަމަށާއި، އެ ފަދަ ތަކެތި އުފައްދައި ފަތުރާ އަދި އެ ވާހަކަތައް ޝާއިއުކުރާ މީޑިއާތަކުން އެ ކުރަނީ ބަރަހަނާ މަންޒަރު އުފެއްދުމާއި ފެތުރުމުގެ ގާނޫނީ ކުށެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެނގިފައިވަނީ، މިފަދަ އެއްވެސް މައްސަލައެއްގެ ރިޕޯޓު މިހާތަނަށް ފުލުހުންގެ އިދާރާއަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ އެއްވެސް ތަހުގީގެއް ފުލުހުންގެ ފަރާތުން އަދި ފަށާފައެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;