މި މަހާސިންތާ ފަށާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު 8:15 ގައެވެ. މި މަހާސިންތާގައި 300 ވުރެ ގިނަ ޒުވާން ހަތީބުން ބައިވެރިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މިި މަހާސިންތާއަށް މައްކާގެ ހަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ބައިވެރިވެޑައިގަންނަވާނެކަަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެ ފައެވެ.
ޒުވާން ހަތީބުންގެ މަހާސިންތާގައި ބައިވެރިވާ ޒުވާން ހަތީބުން
ޒުވާން ޖީލުގެ ތެރެއިން އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ޕެނަލް ޑިސްކަޝަން އަކާއި، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ނަގައިދޭ އެކިއެކި ސެޝަންތައް ކުރިއަށް ދާނެކަމަށް މިނިސްޓްޜިން ބުނެ އެވެ. އޭގެ މައުޟޫތަކުގެ ތެރޭގައި "އިމާމުން"، "މުޖުތަމައު ބިނާކުރުން" ފަދަ މައުޟޫއުތައް ހިމެނޭކަމަށްވެސް މިނިސްޓްޜިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;