ads
ހއ. ދިއްދޫ.-- ފޮޓޯ/ ޒުވާން މަސްވެރިޔާ ޔޫޓިއުބް ޗެނަލް
ރަށުތެރޭ ކުޑަކުދިން އެކަނި ރޭގަނޑު ބޭރުގައި ނޫޅެން ދިއްދޫ ކައުންސިލުން އަންގައިފި
ރަށުތެރޭ ކުޑަކުދިން އެކަނި ރޭގަނޑު ބޭރުގައި ނޫޅެން ހއ. ދިއްދޫ ކައުންސިލުން އެރަށު ރައްޔިތުންނަށް އަންގައިފި އެވެ.
Advertisement

ދިއްދޫ ކައުންސިލުން އެރަށުގައި އުޅޭ ކުދިންގެ ބެލނެިވެރިންނަށް ނެރުނު އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް އެއްވެސް ބޭނުމެއް ނެތި ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރި ފަރާތެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގައުމު ބިނާކުރުމުގައި އާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކުގެ ދައުރު މުހިންމުވުމުން އެ ޖީލުތައް ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރަން މިއަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫހާނީ، ފިކުރީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ރައްކާތެރިކުރަން ބާރުއެޅުމަކީ މުހިންމު ފަރުދީ ޒިންމާއެއް ކަމަށް ދިއްދޫ ކައުންސިލުން ބުނެ އެވެ. 

އެހެންކަމުން، ރަށުގެ މަދަނީ ޖަމްޢިއްޔާތަކާއި، ފަންނީ ތަމްރީނުދޭ މަރުކަޒުތަކާއި، ތައުލީމުދޭ މަރުކަޒުތަކުން އަދި އެ ނޫންވެސް ފަރާތްތަކުން 18 އަހަރުން ދަށުގެ ކުދިން ހިމަނައިގެން ހަރަކާތްތައް ރާވާ ހިންގުމުގައި މިކަންކަމަށް ސަމާލުކަން ދިނުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ. 

"މުހިއްމު ބޭނުމެއް ނެތި، އުމުރުން 18 އަހަރުން ދަށުގެ ކުދިން ރޭގަނޑު 9 ގެ ފަހުގައި ބެލެނިވެރި ފަރާތެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި ރަށު ތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރަމެވެ." ދިއްދޫ ކައުންސިލުން ބެލެނިވެރިނަށް ނެރުނު އިއުލާނުގައިވެ އެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;