ads
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
އެދެނީ އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބެން: މައުމޫން
ފާއިތުވީ 900 އަހަރު ދިވެހިން ތިބިގޮތަށް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

އެ މަނިކުފާނުގެ މި މެސެޖް ވަނީ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާ ކުރައްވައިފި އެވެ.

އިސްލާމް ދީނަށް އެއްވެސް ލޮޅުމެއް އައިސްދާނެފަދަ ގޮތަކަށް ކާބަފައިން އަމަލުކޮށްފައި ނުވާކަމަށާއި އިސްލާމްދީނުގެ މަތީގައި ދިވެހިިން މިހާތަނަށް ދެމި ތިބީ ސާބިތުކަމާއެކުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އިސްލާމް ދީނުގެ ހިދާޔަތުގައި ދެމި ތިބެންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން ޢަބަދުލްޤައްޔޫމް ވިދާޅުވިއެވެ.

"އިސްލާމްދީނަކީ ރާއްޖޭގެ ގައުމީ ބިންގާ. ދިވެހި ޤައުމު ބިނާވަނީ އިސްލާމްދީނުގެ މައްޗަށް. އެއީ ދިވެހި ގައުމިއްޔަތުގެ ވެސް ބިންގާ. އެހެންވީމަ އެ ދޫކޮށްލައިގެން ފަރު ނުޖެހޭނެ." ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.


ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ދިވެހިރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު އަސާސަކީ އިސްލާމީ ޝަރީއަތެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ދިމާކޮށް ސަރުކާރުން ރޭ ވަނީ އެކަމާ ގުޅުވައި ރޭ ހާއްސަ ޖަލްސާއެއް ވެސް ބާއްވައިފަ އެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދެއްކެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;