އުމުރުން 13 އަހަރުގެ ނޯތު މިހެން ބުނީ "ޑޭޒްޑް" މަޖައްލާގެ މި އަހަރުގެ އޯޓަމް އަދަދަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ. އޭނާ ހާމަކުރި ގޮތުގައި، އަންނަ އަހަރު އޭނާގެ އުމުރުން 14 އަހަރު ފުރުމުން އެ ފުރުސަތު ހޯދުމަށް އޭނާ ވަނީ އުއްމީދުކޮށްފަ އެވެ.
މަޝްހޫރު ތަރިން ކަމަށްވާ ކިމް ކާޑޭޝިއަން އަދި ކާންޔޭ ވެސްޓްގެ ދޮށީ ދަރިފުޅު ނޯތު މި ވާހަކަ ހާމަކުރީ ފަންނާނަކަށް ނުވި ނަމަ ކުރާނީ ކޮން ކަމެއްތޯ އިންޓަވިއުގައި ސުވާލުކުރުމުންނެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އާދައިގެ މީހުން އަދާކުރާ ކަހަލަ ވަޒީފާއެއް ތަޖުރިބާކޮށްލުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށެވެ. އަދި އަންނަ އަހަރު އުމުރުން 14 އަހަރު ފުރުމާ އެކު، ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބުމުން ސްޓާބަކްސްގެ އައުޓްލެޓަކުން ފުރުސަތު ހޯދަން މަސައްކަތްކުރާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
ކުރިން ބާސްކެޓްބޯޅަ ކުޅުމަށް ބޮޑު ޝައުގުވެރިކަމެއް ދިން ނަމަވެސް، މިހާރު އެ ކުޅިވަރުގެ ވިސްނުން އެއްކޮށް ދޫކޮށްލާފައިވާ ކަމަށް ނޯތު ބުންޏެވެ. އަދި އޭނާގެ މުޅި ދިރިއުޅުން މިހާރު ބިނާކުރަން ބޭނުންވަނީ މިއުޒިކީ ދާއިރާއަށް ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މިދިޔަ މެއި މަހު އޭނާ ވަނީ އަމިއްލަ ފުރަތަމަ އީޕީ ކަމަށްވާ "ނޯތު ފޯއެވާ" ނެރެ، މިއުޒިކީ ދުނިޔޭގައި ބޮޑު ސަމާލުކަމެއް ހޯދައިފަ އެވެ.
އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން ނޯތު ބުނީ އޭނާއަށް އެންމެ އުފާވެރި ދުވަސްތަކަކީ ސްޓޫޑިއޯއަށް ގޮސް ލަވަ ރެކޯޑުކުރުމާއި، ސްޓޭޖު ޝޯތަކަށް ޕްރެކްޓިސް ކުރުމުގެ އިތުރުން ލައިވް ޕާފޯމަންސްތައް ދިނުމުގައި ހޭދަކުރާ ދުވަސްތައް ކަމަށެވެ. މިއުޒިކީ ފަންނުވެރިކަމަކީ އޭނާގެ ލޭގައި ހިނގާ ކަމެއް ކަމަށާއި، ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް އެ މަސައްކަތުން ލިބެނީ ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކު މިފަދަ އާދައިގެ ވަޒީފާއެއް އަދާކުރަން ޝައުގުވެރިކަން ފާޅުކުރުމުން، ގިނަ ބައެއްގެ މެދުގައި މިހާރު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އެގޮތުން މިއީ އާންމު ދިރިއުޅުން ދަސްކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް ބައެއް މީހުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;