ކުޑަހުވަދޫ އެއާ ޕޯތަކީ މަންތާ ހިންގާ ކުންފުނިން ހިގްމަުން އަންނަ އެއާޕޯޓެކެވެ. އެހެންކަމުން ދާލު އެއާޕޯޓުން ނަން ދީފައިވާ ކުޑަހުވަދޫ އެއާޕޯޓަށް މިހާތަނަށް ދަތުރުކުރަމުން އައި މަންތާ އެއާ އެކަންޏެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ މާކެޓަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މަންތާއެއާ އޭޓީއާރު އޮޕަރޭޝަންތައް މަދުކުރަން ވަނީ ފަށާފަ އެވެ. އެގޮތުން މަންތާއިން އޭޓީއާރު 72 މަރުކާގެ ބޯޓުތަކުގެ ދަތުރުތައް މަދުކޮށް، ސީޕްލޭން އޮޕަރޭޝަން ފުޅާ ކުރުމަށް އިސްކަންދީ އެކަން އަންނަނީ ކުރަމުން ނެވެ.
މަންތާގެ ދަތުރުތައް ކުޑަހުވަދޫއަށް މަދުކުރުމުން މޯލްޑިވިއަނުން މި ވަނީ ކުޑަހުވަދޫއަށް ދަތުރުތައް ފަށަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ. އެގޮތުން ކޮންމެ ދުވަހު ފްލައިޓެއް ބާއްވަން ނިންމާ ކުޑަހުވަދޫއަށް ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެކަމަށް މޯލްޑިވިއަނުން ބުނެ އެވެ. އަދި ޓިކެޓް ވިއްކަން މިހާރު ފަށާފައިވާއިރު ޕްރޮމޯޝަން ފެއާގެ ގޮތުގައި މިހާރު 1،111 ރުފިޔާއަށް ކުޑަހުވަދޫ ޓިކެޓް ލިބެން ހުންނާނެކަަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަންގެ ދަތުރުތައް މިހާރު ދެން ނުފަށާ އެއާޕޯޓަކަށް އޮތީ ވިލާ ހިންގާ މާމިގިލި އެއާޕޯޓް އެވެ.
ވިލާއިން ވެސް ވަނީ ދަތުރުތަކަށް އޮންނަ ޑިމާންޑް ކުޑަވުމާއި، އޮޕަރޭޝަނަލް އަދި މެއިންޓަނަންސް ހަރަދުތަކާއި ތެލުގެ އަގު ބޮޑުވުމުން އޭޓީއާރުގެ ދަތުރުތައް މަދުކުރަން ފަށާފައި ބޯޓްތައްވެސް މަދުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;