މި މައްސަލާގައި ކޯޓުން ހުކުމް އިއްވާފައިވަނީ މ. ހިއްސާ، އާތިފް އަބްދުލްހަލީމް ވ. ގާމާ، އިސްމާއީލް ވިސާމް މުހައްމަދުގެ މައްޗަށެވެ.
މި ދެމީހުންގެ ވަނީ 2024 ޑިސެންބަރު 23 ވީ ދުވަހު، ވިލިމާލެ ކަޅުތުއްކަލާ މަގުގައި ހުރި ޖޯއްޔެއްގައި އިން މީހެއްގެ މޫނުމަތީ ޖަހާ މާރާމީ ހިންގާފަ އެވެ. އަދި އެމީހާ ބިރުން ދުވަން ފެށުމުން ފަހަތުން ގޮސް ގަލަކުން އެމީހާގެ ބޮލުގައި ޖެހުމުން އެމީހާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
މި މައްސަލާގައި ހިމެނޭ ވިސާމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި ދެން ހުރި އާތިފަކީ ގޭންގު ކުށްތައް ހިންގާތީ ފައިގައި ޓެގް އެޅުވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ވިލިމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން މި ދެމީހުންގެ މައްޗަށް ދައުލަތުން އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މި ދެ މީހުން ވަނީ މި ދައުވާއަށް އިންކާރުކޮށްފަ އެވެ.
މި މައްސަލަ ނިންމާ ކްރިމިނަލްކޯޓުން އިއްވި ހުކުމުގައި ވަނީ މި ދެ މީހުން ދައުވާއަށް އިންކާރުކުރި ނަމަވެސް ހެކިތަކާއި ގަރީނާތަކުގެ އަލީގައި މި ދެމީހުންގެ މައްޗަށް ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާކަމަށެވެ. އެހެންނަމަވެސް މި ދެމީހުން ހިންގި މާރާމާރީގައި ލިބުނު އަނިޔާއަކީ ޤާނޫނުލްއުގޫބާތުގައި ބަޔާންކުރާ "ބޮޑު އަނިޔާ" އަކަށް ނުވާތީ އެމީހުންގެ އަދަބު ވަނީ ލުއިކޮށްފަ އެވެ.
މި މައްސަލައިގައި ހިމެނޭ ވިސާމްގެ މައްޗަށް ކޯޓުން އިއްވި ޖަލު ހުކުމްގައި ތަންފީޒުކުރަން ޖެހޭ އެއްމަހާއި 11 ދުވަސް އޮއްވާ އެ އަދަބު ވަނީ 8,200 ރުފިޔާއިން ޖޫރިމަނާކުރުމަށް ބަދަލުކޮށްފަ އެވެ. އަދި އާތިފްގެ މައްޗަށް ކުރި ޖަލު ހުކުމްގައި އއްމަހާއި 29 ދުވަސް ތަންފީޒުކުރަން އޮއްވާ އެ އަދަބު ވަނީ 11،800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ. މި ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް މި ދެމީހުންގެ މައްޗަށް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;