ads
އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، ދިރާގު އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ.
ދިރާގުން ރީލޯޑްކޮށްގެން ލައްކައެއް ލިބޭ ޕްރޮމޯޝަނެއް
ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ރީލޯޑް ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ އަދި ފައިދާހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާ، މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔަކަށް 15،000 ރުފިޔާ ލިބޭއިރު، މުޅި ޕްރޮމޯޝަންގެ ގްރޭންޑް ވިނާ ނުވަތަ ބޮޑު އިނާމުގެ ނަސީބުވެރިޔާއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.


ދިރާގު އެޕް މެދުވެރިކޮށް ކުރާ ކޮންމެ 100ރ.ގެ ރީލޯޑަކަށް ގުރުއަތުގައި ބައިވެރިވުމަށް އެއް ފުރުސަތު ލިބޭނެ އެވެ. އަދި 200ރ.ގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމަށް ދެ ފުރުސަތު އަދި 300ރ. ގެ ރީލޯޑަކަށް ތިން ފުރުސަތު ލިބޭނެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;