ads
ކޮންގެރެސް ފެށުމުގައި ރައީސް މުއިއްޒު
ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް ފަށައިފި
ވެރިކަން ކުރާ ޕީއެންސީގެ "ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 2026" މިއަދު ފަށައިފި އެވެ.
Advertisement

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޮންގެރެސް ކުރިޔަށްދަނީ ސޯޝަލް ސެންޓަރުގައެވެ. 

މި ކޮންގެރެސްގައި ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން ހޮވުމަށް ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށާއި މެންބަރުންގެ މަޖިލީހުގެ މެންބަރުކަމަށާއި އަންހެނުންގެ ހަރަކާތުގެ މަގާމުތަކަށާއި ޒުވާނުންގެ ހަރަކާތުގެ މަގާމުތައް ހިމެނެ އެވެ.   

ޕާޓީއަށް ހަ ނައިބު ރައީސަކު އިންތިހާބުކުރަން ޖެހޭ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިލަތިލާފައެވެ. 

ނައިބު ރައީސްކަމަށް ވާދަކުރާ ފަރާތްތައް

  • ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު)

  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

  • ސަރުކާރުގެ ތަރުޖަމާނު އަދި މެމްބަރު އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް

  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

  • ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް

ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ. ޕީއެންސީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕީއެންސީގެ ވެރިކަމެއް އޮންނައިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އެވެ.  އަދި ޕީއެންސީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ޗެއާޕާސަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;