ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
މިއީ މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ނޮވެމްބަރު 2022 ގައި އަންވަރު ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު އަންވަރަށް ރަސްމީ ޢިއްޒަތުގައި މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުން އޮތީ ރަސްމީ ފާލަމުގަ އެވެ. އަންވަރަށް މަރުހަބާ ދެންނެވުމަށް ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމެއް ވެސް ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން 21 ބަޑީގެ ސަލާމެއް އެމަނިކުފާނަށް އަރުވައި، ދެގައުމުގެ ގައުމީ ސަލާން ލަވަ، އެމްއެންޑީއެފުގެ ބޭންޑުން ކުޅެފައިވެ އެވެ.
ބޮޑުވަޒީރު އަންވަރަށް މަރުހަބާ ދެންވުމަށް ރައީސްގެ ކެބިނެޓު ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ހިމެނޭ ފަރާތްތައް އެ ސަރަހައްދަށް އެއްވެ ތިއްބެވެ. އަދި ރައީސް އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގަ އެވެ.
ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާތާ 58 އަހަރުވެފައިވާއިރު، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާއި އާއިލާތައް ދިރިއުޅެމުންދާ، ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;