ads
އުމުރުން 70 އަހަރުގެ މީހާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަނީ
އުމުރުން 70 އަހަރު، ދަރިން އެހީނުވި، ހާލުގައި އުޅޭތާ 2 އަހަރުފަހުން ސަރުކާރުން އެހީވެއްޖެ
ގދ. ފަރެސްމާތޮޑާގައި ވަރަށް ނިކަމެތި ހާލުގައި އުޅެމުން ދިޔަ އުމުރުން 70 އަހަރުގެ ފިރިހެނަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

މި މިހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އެނާގެ އެއްވެސް ދަރިއަކުވެސް އަޅާ ނުލުމުން ނެވެ. 

އެނގިފައިވާ ގޮތުގައި، މި މިހާގެ ހުރިހާ ދަރިން އުޅެނީ މާލޭގަ އެވެ. އެހެންނަމަވެސް އެ މީހާ ރަށުގައި އެކަނިމާ އެކަނި އަޅާލާނެ މީހަކު ނެތި އުޅޭތާ މިހާރު ވަނީ ގާތްގަޑަަށް 7 އަހަރު ވެފަ އެވެ. 

މި މިހާއަށް މިދިޔަ ދުވަސްތަކުގައި ކާންބީން ދީ ހެދީ ރަށުގެ ކައުންސިލުންނާއި އެމީހެ އަވައްޓެރިންނެވެ. އަނބިމީހާ ނިޔާވެފައިވާ މި މީހާ އުމުރުން ދުވަސްވެ ގައި ބާރު ދެރަވެފައި ވުމުން މިިދިޔަ ދެ އަހަރެއްހާ ދުވަހު އެ މީހާ އުޅުނު ވަރަށް ބަލިވެ ވަރަށޤް ނިކަމެތިކޮށް ކަމަށް އެރަށު މީހުން ބުނެ އެވެ. 

މި މިހާގެ ހާލު ޖެންޑާ މިނިސްޓްރީން ބަލަމުން އައިނަމަވެސް މިހާތަނަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވަނީ އެގޮތަށް ދައުލަތުން އެހީވާން ނަގާ މީހުން ބަހައްޓާ މަރުކަޒެއްގައި ޖާގަ ނެތުމުންކަމަށް ވަނީ އެނގިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;