ads
މެލޭޝިއާއާއެކު މުހިންމު ދެ އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު --
މޭލޭޝިޔާއާއި ރާއްޖެއިން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއާއި މެލޭޝިއާއިން ދެ އެއްބެސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

ރަސްމީ ދަތުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިއަދު ވަނީ ދެ ގއުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފަ އެވެ.

ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ދިފާއީ ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި އިސްލާމިކް އެފައާޒްގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. 

ދެ ގައުމުގެ ވެރިންގެ ކުރިމަތީގައި ބަދަލުކުރި މި އެއްބަސްވުންތަކުގެ ތެރެއިން ދިފާއީ އެއްބެސްވުމުގައި ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އެވެ. މެލޭޝިޔާގެ ފަރާތުން މި އެއްބަސްވުމާއި ހަވާލުވެލެއްވީ އެގައުމުގެ އިންވެސްޓްމަންޓް އެންޑް ޓްރޭޑް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޖަހާރީ ބިން އަބްދުލްގަނީ އެވެ. 

އިސްލާމިކް އެފެއާޒްގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މެލޭޝިޔާގެ ހަވާލުވެލެއްވީ ޖަހާރީ ބިން އަބްދުލްގަނީ އެވެ. 

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ވަނީ އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފަ އެވެ. 

ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

މިއީ މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ނޮވެމްބަރު 2022 ގައި އަންވަރު ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު އަންވަރަށް ރަސްމީ ޢިއްޒަތުގައި މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުން އޮތީ ރަސްމީ ފާލަމުގަ އެވެ. އަންވަރަށް މަރުހަބާ ދެންނެވުމަށް ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމެއް ވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން 21 ބަޑީގެ ސަލާމެއް އެމަނިކުފާނަށް އަރުވައި، ދެގައުމުގެ ގައުމީ ސަލާން ލަވަ، އެމްއެންޑީއެފުގެ ބޭންޑުން ކުޅެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;